ޝާހްރުކްގެ ޒީރޯގެ ޝޫޓިން ނާސާގައި!

ފިލްމުގެ މަންޒަރެއް ޝޫޓް ކުރުމުގެ ތެރެއިން---

އާނަންދް އެލް ރާއީއާ ޑައިރެކްޓްކޮށް ޝާހްރުކްހާން ލީޑުން ފެނިގެންދާ ފިލްމު "ޒީރޯ"ގެ ޝޫޓިންގެ ބައެއް މަންޒަރުތައް އެމެރިކާގެ ނާސާގައި ނަގަން ފަށައިފިއެވެ.

ޑްވާފެއްގެ ރޯލުން ޝާހްރުކް ފެނިގެންދާ އެ ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ނާސާގައި ޖުމްލަ 45 ދުވަސް ހޭދަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޝޫޓިންގެ އެންމެ ފަހު މަރުހަލާތައް ކަޑައްތު ކުރަމުން އަންނަ އެ ފިލްމު ނާސާގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމާއެކު ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ބޭރުގެ ހަބަރުތައް ބުނެއެވެ.

ޝާހް އާއެކު ކެޓްރީނާ ކެއިފް އަދި އަނުޝްކާ ޝަރްމާ ލީޑުން ފެނިގެންދާ އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.

އެމެރިކާއަށް ކާސްޓުން ފުރުމުގެ ކުރިން އެމީހުން ވަނީ މުމްބާއީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓްގެ އޮފިޝަލުންނާ ބައްދަލުވެސް ކޮށްފައެވެ.

މަސްދަރު: ޒީނިއުސް

comment ކޮމެންޓް