އެމްއެސްޕީގެ "ގަދަ ޓިނު" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި

އެމްއެސްޕީ ގަދަ ޓިނު ޕްރޮމޯޝަނުގެ ގުރުއަތުލުން -- ސަން ފޮޓޯ

މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް (އެމްއެސްޕީ)އިން މިއަހަރު ކުރިއަށް ގެންދިޔަ "އެމްއެސްޕީ ގަދަ ޓިނު ޕްރޮމޯޝަނު"ގެ ނަސީބުވެރިން ހޮވައިފި އެވެ.

އެމްއެސްޕީއަކީ އެސްޓީއޯއާއި ރެއިންބޯ އެންޓަޕްރައިސެސްއިން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.

އެމްއެސްޕީގެ "ގަދަ ޓިނު ޕްރޮމޯޝަން" ކުރިއަށް ދިޔައީ ޖެނުއަރީ އެކަކުން ފެށިގެން މާޗު 31 ގެ ނިޔަލަށެވެ.

ރެއިންބޯ ބިލްޑްވެއާގައި ބޭއްވި ގުރުއަތުނެގުމުގެ ހަފްލާއެއްގައި، ނަސީބުވެރި 14 ފަރާތެއް ވަނީ ހޮވައިފަ އެވެ. ނަސީބުވެރި ފަރާތްތަކަށް ހުށަހެޅި އިނާމުތަކުގެ ތެރޭގައި ބަދިގެ ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.

މި ޕްރޮމޯޝަނުގެ އެއްވަނަ އިނާމަކަށް ހުށަހެޅީ ފިލިޕްސް އެޗްޑީ 65 އިންޗީގެ ސްލިމް ސްމާޓް ޓީވީއެކެވެ. ދެވަނައަށް ހުށަހަޅާފައި ވަނީ ހިޓާޗީ ބްރޭންޑުގެ ރެފްރިޖަރޭޓާރެކެވެ. އަދި ތިންވަނައަށް ހުށަހަޅާފައި ވަނީ ޓެކާ ބްރޭންޑުގެ ފްރަންޓް ލޯޑު ދޮންނަމެޝެނެކެވެ.

ޕްރޮމޯޝަނުގެީ އެއްވަނަ، ދެވަނަ އަދި ތިންވަނަ ނަސީބުވެރިން ގުރުއަތުން ނަގައިދެއްވީ ރެއިންބޯ އެންޓަޕްރައިޒެސްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަފީގެވެ.

ގުރުއަތުން އެއްވަނައަށް ހޮވުނީ މުހައްމަދު ރިފާން ރިފާއު (ކޫޕަން ނަމްބަރު 19312)އެވެ. ދެވަނައަށް ހޮވުނީ ހައްވާ މަހުޒޫން (ކޫޕަން ނަމްބަރު 13185)އެވެ. އަދި ތިންވަނައަށް ހޮވުނީ އަސްފާ ސުޖާއު (ކޫޕަން ނަމްބަރު 15275)އެވެ.

އެމްއެސްޕީއަކީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތުން ޓިނު އުފައްދާ ކުންފުންޏެކެވެ. އެމްއެސްޕީ އިން ހަތަރު ވައްތަރެއްގެ ޓިނު އުފައްދަ އެވެ. އެއީ ކަލަރބޮންޑު ޓިނުން އުފައްދާ އެމްއެސްޕީ ސީޑެކް، ޒިންކަލޫމް ޓިނުން އުފައްދާ އެމްއެސްޕީ ސީޑެކް، އެމްއެސްޕީ ޑިއުރަޑެކް އަދި އެމްއެސްޕީ ގަދަޓެކްއެވެ.

comment ކޮމެންޓް