ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ހިއްކި ސަރަހައްދުގައި ޖެހި ހިލަތައް ރޫޅިއްޖެ

ކުޅުދުއްފުށީގައި އަޅާ އެއާޕޯޓްގެ ހުޅަނގު ފަރާތު ތޮއްޓަށް ގެއްލުންވެފައި -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ކަނޑުގަދަވުމުގެ ސަބަބުން ހދ. ކުޅުދުއްފުށީގެ ހިއްކި ސަރަހައްދުގެ އުތުރު ހުޅަނގު ފަރާތުގައި ޖެހި ހިލަތޮށިން ބައެއް ރޫޅި، ގެއްލުންތަކެއް ލިބިއްޖެއެވެ.

ކުޅުދުއްފުށީ ރައްޔިތަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ އެކަން ހިނގާފައިވަނީ ފާއިތުވި ދެރޭ މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބުބުން ކަމަށެވެ.

ދާދި ފަހުން ކުޅުދުއްފުށީގެ އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ އުތުުރު ފަރާތުގެ މޫދާއި ކުޅިން ބައެއް ހިއްކައިފައެވެ. އަދި އެ ސަރަަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ބޮޑު ބައެއްގައި ވަނީ ހިލަތޮށިވެސް ޖަހައިފައެވެ.

އެ ސަރަހައްދުގައި ޖަހާފައިވާ ހިލަތޮށިން ބައެއް ހިލަތައް ނެއްޓިފައިވާ އިރު، ހިލަތޮށީގެ ބައެއް ތަންތަން ވަރަށް ބޮޑަށް ރޫޅިފައިވާ ކަމަށްވެސް ކުޅުދުއްފުށިން މައުލޫމަތު ދިން ފާރާތުން ބުންޏެވެ.

ބިން ހިއްކުން ހަވާލު ކޮށްފައިވާ އެމްޓީސީސީން ރާއްޖެ ގެނައި އާ ކޮންނަބޯޓު، މަހާ ޖައްރާފު ބޭނުން ކޮށްގެން ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއު ފަށައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ކުޅިން ނުވަ ހެކްޓަރާއި އެ ރަށު ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު ވަނީ ހިއްކައިފައެވެ.

comment ކޮމެންޓް