ރެސިޕީ: އެޕަލް ކޭކް

ބޭނުންވާނެ ތަކެތި

  • 2 އާފަލު (ތޮށިމަށާ ކަރުގަނޑު ނަގާފައި)
  • 50 ގްރާމު ހިކި މޭބިސްކަދުރު
  • 50 ގްރާމު އާމަންޑް
  • 1 ޖޯޑު ހަކުރު
  • ¼ ޖޯޑު ފެން
  • 150 ގްރާމު ހަކުރު
  • 4 ބިސް
  • 1 މޭޒުމަތީ ސަމްސާ ހިކިކިރު
  • 1 ސައިސަމްސާ ވެނީލާ އެސެންސް
  • 150 ގްރާމު މާޖިރިން
  • 150 ގްރާމު ފުށް
  • 1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް

އާފަލުތައް އެއް އިންޗި ބޯމިނަށް ކޮށާލާށެވެ. ދެން ޓްރޭއަކަށް އެއް ޖޯޑު ހަކުރު އަޅާ ކުޑަ ފެންފޮދެއްގައި ކައްކާލާށެވެ. އާފަލުތަކާއި، އާމަންޑްތައް އަދި ހިކި މޭބިސްކަދުރުތައް އެއްކޮށްފައި މުށި ކުލަ އަރަންދެން ކައްކާލާފައި ބަހައްޓާށެވެ.

ހަކުރާއި، މާޖިރީން އޮލަވަންދެން ގިރާލާށެވެ. ދެން ބިސް، ހިކިކިރު އަދި އެސެންސް އަޅާ އޮލަވަންދެން ގިރާލާށެވެ. ދެން ފުށް އަދި ބޭކިންގ ޕައުޑަރު އަޅާ، ރަނގަޅަށް އެއްކޮށްލާށެވެ. އާފަލުތައް ޓްރޭގައި އަތުރާ، އޭގެ މައްޗަށް ކޭކް މިކްސް އަޅާ އަވަނުން ފިހެލާށެވެ.

comment ކޮމެންޓް