އެކްޓަރު ހެމޫ އަދިކާރީ މަރުވެއްޖެ

އެކްޓަރު ހެމޫ އަދިކާރީ---

ފިލްމު އެކްޓަރު ޑރ. ހެމޫ އަދިކާރީ އިއްޔެ މަރުވެއްޖެ އެވެ.

އިންޑިއާގެ މުމްބާއީގައި އޭނާ އިއްޔެެ މަރުވި އިރު އޭނާ އައީ މޭގެ އިންފެކްޝަނަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ މޭގައި އިންފެކްޝަނެއް އުފެދި އެބައްޔަށް ފަރުވާ ހޯދަމުން އައީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިންނެވެ.

އުމުރުން 81 އަހަރުގައި އޭނާ މަރުވި އިރު އޭނާގެ އަންހެނުންނާއި ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. ހެމޫ ވަނީ ގިނަ ފިލްމުތަކެއްގައި އެކްޓްކޮށްދީފަ އެވެ. އޭގެ ތެރޭގައި "ތޭރާ މޭރާ ސާތް" އަދި "ވަޖޫދް"ގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.

ހެމޫގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން އަންނަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

މައުލޫމާތު: ހިންދުސްތާން ޓައިމްސް

comment ކޮމެންޓް