ރާއްޖޭގައި އުޅޭ ފެހުރިއްސަށް ފުރިހަމަ ރައްކާތެރިކަމެއް ނެތް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީގޮތުން މިއަދު ފާހަގަކުރާ ދިރޭތަކެތީގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ފެހުރިއްސަކީި ެ އާދަޔާހިލާފު ރީތި މަހެއް ކަމަށާއި އަދި އެމަހުގެ މުހިންމުކަން ދިވަހިންނަށް އެހާމެ ބޮޑު ކަމަށެވެ.
"ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައި ވާއިރު ފަތުރުވެރިކަމުގެ މިހާގިނަ އަދަދެއްގެ ބަޔަކު އެންމެ ޝައުގުވެރިވާ އެއްޗަކީ ފެހުރިހިކަމަށް ވީހިނދު ދިވެހި އިޤްތިޞާދަށް މި މަހުން އެކަނިވެސް ކުރާ ފައިދާ އަޅުގަ ނޑުމެން ވިސްނާލަންޖެހެއެވެ. ދިވެހި އެތައްބައެއްގެ ވަޒީފާތަކާއި އެތައް އާއިލާއެއްގެ އާމްދަނީ ބިނާވެފައިވަނީ ފެހުރިހިން ލިބޭ ފައިދާއަށެވެ" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.
ފެހުރިހި ދިވެހިންނަށް ކިތަންމެ މުހިންމު ނަމަވެސް އެއަށް އެކި ގޮތްގޮތުން ގެއްލުންތައް ލިބެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކަނޑުތަކުގެ މާޙައުލަށް އުކާލެވޭ ކުނިބުންޏާއި ޕްލާސްޓިކް ފެހުރިހިފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމާއި ގޮހޮރުގެ ތެރެއަށް ވަދެ ނޭވާލާ ނިޒާމުގެ މައްސަލަތަކުގެ ސަބަބުންނާއި ގޮހޮރުގައި ކުނިބުނި ގިނަވުމުގެ ސަބަބުން މަރުވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ފެހުރިހި ޒިޔާރަތް ކުރާ ސަރަހައްދުތަކުގައި އެތަކެއްޗަށާއި އެތަކެތީގެ ކާނާއަށް ގެއްލުންވާގޮތަށް ވަރަށް ގިނަ ފަރާތްތަކުގެ އަމަލުތައް ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖޭގެ މޫދަކީ ކުނިބުނިން ތަގައްޔަރުވެފައިވާ އަދި މިފަދަ ދިރުންތަކަށް ގެއްލުންދޭ ތަނެއް ކަމަށްވަނީނަމަ ރާއްޖޭގެ ކަނޑުތަކުން މިފަދަ ދިރުންތައް ފެނުން މަދުވުމަކީ އެކަށީގެންވާ ކަމަށެވެ. އަދި ފެހުރިހީގެ އިތުރުން ކެއުމުގެ ގޮތުގައި ދިވެހިން ބޭނުންކުރާ އެހެނިހެން މަސްމަހާމެއްސަށްވެސް އަސަރުކޮށް އޭގެ ގެއްލުން ދިވެހިންނަށް ކުރިމަތިލާނެ ޖެހިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.