ރެސިޕީ: ދޮން އަނބު ރިހަ

ބޭނުންވާނެ ތަކެތި

  • 4 ދޮން އަނބު
  • އެއް ގަނޑު ވަޅޯ މަސް (ތުނިކޮށް ކޮށާފައި)
  • ދެ ފިޔާ
  • 1 ސައި ސަމްސާ ލޮނުމެދު (ޗިސްކޮށްފައި)
  • 1 ސައިސަމްސާ އިނގުރު (ޗިސްކޮށްފައި)
  • 1/2 ޖޯޑު ހަވާދު
  • ހިކަނދިފަތް/ރާނބާފަތް
  • ގިތެޔޮ މިރުސް
  • ރަހަލާވަރަށް ލޮނު/ތެޅި މިރުސް ކޮޅެއް
  • ތެޔޮ
  • 1 ޖޯޑު ބޯކިރު
  • 2 ޖޯޑު ފެން ކިރު

ތައްޔާރުކުރާނެ ގޮތް

ފިޔާ، ހިކަނދިފަތް، ރާނބާފަތް، އިނގުރު އަދި ލޮނުމެދި ތެޔޮ ފޮދެއްގައި ރަތް ކުރާށެވެ. ރަތްވުމުން ބޯކިރު ފިޔަވައި އެހެން އެއްޗެހި އަޅައިގެން އެއްކޮށްލާށެވެ. ދެތިން މިނެޓް ކައްކާލާފައި ބޯކިރު އަޅާ، ލޮނު ހެޔޮވަރުކޮށްލާށެވެ. ކެކިގަތީމާ އުނދުން ނިއްވާލާށެވެ.

comment ކޮމެންޓް