ބެޓްމޭންގެ ބަޓްލަރ އެލްފުރެޑްގެ މައްޗަށް ޓީވީ ސީރީޒް އެއް ހަދަނީ

ބެޓްމޭންގެ ބަޓްލަރގެ ރޯލް އަދާކުރި ތަރިންގެ ތެރެއިން އެންމެ މަގްބޫލު އެއްތަރި މައިކަލް ކޭން ---

ބެޓްމޭންގެ ރޯލް އަދާކުރާ ބްރޫސް ވޭންގެ އެންމެ ގާތް އެކުވެރިޔާ އަދި ބަޓްލަރ، އެލްފްރެޑް ޕެނީވޯތްއަށް ބިނާކޮށް ޓީވީ ސީރީޒް އެއް ހަދަން ނިންމައިފި އެވެ.

"ޕެނީވޯތް"ގެ ނަމުގައި އުފައްދައި އެ ސީރީޒް ދައްކާނީ އެމެރިކާގެ މީޑިއާ ކުންފުންޏެއް ކަމަށްވާ އެމްޖީއެމްގެ ދަށުން ހިންގާ ޕްރިމިއަމް ކޭބަލް ނެޓްވޯކް، އެޕިކްސް އިންނެވެ. އެ ސީރީޒް ގައި ހިމެނޭނީ 10 އެޕިސޯޑެވެ.

ފޮކްސްގެ މަޝްހޫރު އެމެރިކަން ކްރައިމް ޑްރާމާ ޓީވީ ސީރީޒް "ގޮތަމް"ގެ ސްޕިންއޮފް އެއްގެ ބަދަލުގައި މުޅިން އާ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ސްކްރިޕު ލިޔެ އެކްޒެކެޓިވް ޕްރޮޑިއުސަރަކީ ގޮތަމްގެ ވެސް ޑިވެލޮޕަރު ބްރޯނާ ހިލާއެވެ.

އަދި ސީރީޒް ޑައިރެކްޓް ކުރާނީ ގޮތަމްގައި ހެލާއާއެކު މަސައްކަތްކުރި ޑެނީ ކެނޮން އެވެ.

"ޕެނީވޯތް" ސީރީޒްގައި ދައްކައިދޭނީ އިނގިރޭސިވިލާތުގެ ސްޕެޝަލް އެއާ ސާވިސް (އެސްއޭއެސް)ގެ ސިފައިންގެ މީހެއްގެ ގޮތުގައި އެލްފްރެޑް އުޅެމުން ގޮސް، 1960 ވަނަ އަހަރުގެ ތެރޭގައި، ބްރޫސްގެ ބައްޕަ ތޯމަސް ވޭންއާއެކު ލަންޑަނުގައި ސިއްރު ކުންފުންޏެއް ހަދައިގެން އޭނާއާއެކު މަސައްކަތް ކުރަމުންދިޔަ ގޮތުގެ ވާހަކައަށެވެ.

ނަމަވެސް ގޮތަމްގައި އެލްފުރެޑްގެ ރޯލު އަދާކުރި ޝޯން ޕިޓްވީ އެ ސީރީޒްގައި ނުހިމެނޭއިރު އެލްފުރެޑްގެ ކާސްޓަށް އަންނާނީ ކޮން ތަރިއެއް ކަމެއް އަދި ނޭނގެއެވެ.

comment ކޮމެންޓް