ޒަކާތް ބަލައިގަންނާނީ އާދީއްތަ ދުވަހުން ފެށިގެން

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ ފަހެއްވާ އާދީއްތަ ދުވަހުން ފެށިގެން (20 މެއި) ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 (10 ޖޫން) ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

މާލެ ސަރަހައްދުން ޒަކާތް ބަލައިގަންނާނީ ހުޅުމާލެ އިން ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުންނެވެ. ވިލިމާލެއިންނަމަ ހައުސިން މިނިސްޓްރީގެ ވިލިމާލޭ ޔުނިޓުންނެވެ.

މީގެ އިތުރުން ދިރާގާއި އުރީދޫ ކަސްޓަމަރުން އެސްއެމްއެސް މެދުވެރިކޮށް ދައްކާ ޒަކާތްވެސް ބަލައި ގަންނާނެ ކަމަށާއި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ޒަކާތުގެ މިންވަރަކީ މީހަކަށް 2.4ކިލޯ ގްރާމުގެ ހަނޑޫ ނޫނީ އެއަށް ވާ އަގު ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މާލޭގައި ނަމަ ޒަކާތް ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43 ރުފިޔާ އެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 81 ރުފިޔާއެވެ.

އައްޑޫސިޓީގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

  • ސ.ހިތަދޫ – މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އައްޑޫސިޓީ ޔުނިޓް
  • ސ.މަރަދޫ/ސ.މަރަދޫފޭދޫ – ތަދްރީސުލް ޤުރުއާން (ސ.މަރަދޫ)
  • ސ.ފޭދޫ – ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސް ޑިޕާރޓްމަންޓް (ސ.ފޭދޫ)
  • ސ.ހުޅުދޫ/ސ.މީދޫ – ނަސްރިއްޔާ ޕްރީސްކޫލް (ސ.ހުޅުދޫ)

އާދައިގެ ހަނޑުލުންނަމަ މީހަކަށް 13.50 ރުފިޔާ

ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 35 ރުފިޔާ

ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 78 ރުފިޔާ

ފުވައްމުލަކު ސިޓީގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

ޒަކާތް ބަލައިގަންނާނީ ފުވައްމުލަކު ލޭންޑް ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާރޓްމެންޓްގެ އުތުރު، މެދު އަދި ދެކުނު ދާއިރާތަކުގެ އޮފީހުގައި

ޒަކާތުގެ މިންވަރަކީ

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 42 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 72 ރުފިޔާ

ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނެ ތަންތަނާއި ޒަކާތުގެ މިންވަރު:

ޒަކާތް ބަލައިގަންނާނީ ތިނަދޫ މީޑިއާ ސެންޓަރުން

  • އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.50 ރުފިޔާ
  • ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43 ރުފިޔާ
  • ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 84 ރުފިޔާ
comment ކޮމެންޓް