"ރަމަޟާން މަހަށް ތައްޔާރުތޯ"ގެ ނަމުގައި އެމްއެންޔޫއެސްޔޫއާއި ސަަލަފު ގުޅިގެން މިރޭ ދަރުހެއް ބާއްވަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އާއި ގައުމީ ޔުނިވާސިޓީގެ ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ޖަމިއްޔަތުލް ސަލަފް ގުޅިގެން މިރޭ ހާއްސަ ދީނީ ދަރުސެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޔޫއެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ދަރުހެއް ކަމަށެވެ.

"ރަމަޟާން މަހަށް ތައްޔާރުތޯ"ގެ ނަމުގައި ބާއްވާ ދަރުސް ދެއްވާނީ އައްޝައިހް އަހުމަދު ސަމީރެވެ. ގައުމީ ޔުނިވާސިޓިގެ 'ސެންޓްރަލް އެޑްމިނިސްޓްރޭޓިވް ބްލޮކް އޭ'ގައި މިރޭ 8:15ގައި ބާއްވާ އެ ދަރުސް އާންމުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެމްއެންޔޫއެސްޔޫ އިން ބުނެއެވެ.

އެމްއެންޔޫއެސްޔޫއިން ބުނީ މިރޭގެ ދަރުހުގައި ދީނީ ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތުވެސް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

އެމްއެންޔޫއެސްޔޫއާއި ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ބިޒްނަސް ސްކޫލް ސްޓޫޑަންޓް އެސޯސިއޭޝަންއާ ގުޅިގެން މާދަމާ ރޭ ހާއްސަ މާހެފުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް