ތިންވަނަ މޯލްޑިވިއަން އައިޑަލް އަކަށް ވާނީ ކާކު؟

މޯލްޑިވިއަން އައިޑަލްގެ ފިނާލޭގައި ވާދަކުރާ ފަސް ބައިވެރިން --- ފޮޓޯ: ޓްވިޓާ

ގޭގޭގެ ސިޓިން ރޫމުތައް ފަޅުފިލުވާ، ޓްވިޓާ ފޯރިގަދަކޮށްލާ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން މިވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ.

ބައިވެރިންނަށް އެސްއެމްއެސް އިތުރުކޮށްދިނުމަށް ކަމަށްބުނެ ޕީއެސްއެމް އިން ވަނީ އާންމުކޮށް ހުކުރު ދުވަހުގެރޭ ދައްކާ ޕާފޯމަންސް ޝޯ ބުރާސްފަތިދުވަހުގެ ރެއަށް އަވަސް ކޮށްފައެވެ. އައިޑަލްގެ ގަދަ ފަހެއް މި ފަހަރުގެ ފިނާލޭގައި ވާދަކުރާއިރު މިރޭ ވަނީ ގާލާގެ އެންމެ ފަހު ޕާފޯމެންސް ޝޯ ބާއްވައިފައެވެ.

ފައިނަލްގައި ވާދަކުރަނީ އާއިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.

ރޭގެ ޝޯއަށްފަހު ބައިވެރިންނަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ބައިވެރިން ރޭ ހުށަހަޅައިދިނީ އެ ބައިވެރިންގެ އަމިއްލަ ހޮވުންތަކެވެ.

ބައިވެރިންގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޝޯގެ ފޯރި ގަދަވެފައިވާއިރު ފިނާލޭގައި އައިޑަލްގެ ޓްރޮފީ އުފުލާލާނީ ކޮން ބައިވެރިއެއް ހެއްޔެވެ؟

comment ކޮމެންޓް