އިންޑިއާގެ ސްޓޭޓްތަކަކަށް ވެލީގެ ތޫފާނެއް އަރައި ގިނަ ބަޔަކު މަރުވުމުން ރާއްޖެއިން ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

އިންޑިއާގެ ވެރިރަށް ދިއްލީ އާއި އިތުރު ސްޓޭޓް ތަކަކަށް ވެލީގެ ތޫފާނުތައް އަރައި ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރު އާސިމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އިންޑިއާގެ އެކި ސްޓޭޓުތަކަށް ވެލީގެ ތޫފާނުތައް އަރައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކަށް ގެއްލުންވެފައިވާތީ، މަރުވި މީހުންގެ އާއިލާތަކަށާއި ގެއްލުންވި މީހުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފޮނުއްވާ ކަމަށެވެ.

"ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރިުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ސަރުކާރަށާއި ހާދިސާގައި ގެއްލުންވި އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން،" މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ސްޓެޓްތަކަށް އެރި ވެލީގެ ތޫފާނުގައި ގަޑިއަކު 70 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނެވެ. އެ ތޫފާނުތަކުގައި މަރުވިމީހުންގެ އަދަދު 150 އަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް