ސިނާން އާއި ސައުދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި

މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަދު އަބްދުﷲ ސިނާނު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެމްބަދު އަބްދުﷲ ސިނާނާއި މެމްބަރު ސައުދު ހުސައިންގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމް ދައުވާގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ދައުލަތުން ސައުދުގެ މައްޗަށް ދައުވާ ކުރަނީ ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަ ކޮށްލަން ރޭވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 13:00 ތާވަލު ކުރި ނަމަވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. ކެންސަލް ކުރި ސަބަބެއް ސާފެއް ނެވެ އެވެ.

ދައުލަތުން ސިނާންގެ މައްޗަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުރެ ރިޝަވަތު ހިފައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ. ސިނާންގެ މައްޗަށް ވެސް ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ޖެހިޖެހިގެން ކެންސަލް ކުރި މިއީ ދެވަނަ ފަހަރެވެ. ކެންސަލް ކުރި ސަބަބެއް ސާފެއް ނުވެ އެވެ.

comment ކޮމެންޓް