މިނިވަން މުއައްސަސާތަކުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިވަން މުވައްސަސާތަކުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕރޮގްރާމްގެ ތެރެއިން--ފޮޓޯ/ މީރާ

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިވަން މުއައްސަސާތައް ގުޅިގެން އުފައްދާފައިވާ ގުޅުން "އާރޯ"އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އިއްޔެ ހިންގައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެންނެވެ.

އިއްޔެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މީރާގައި ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި މިނިވަން މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ލޭ ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި އެ މުވައްސަސާތަކުގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވައެވެ.

މި ޕްރޮގްރާމު ހިންގުމުގައި އެންމެ އިސްދައުރެއް އަދާކުރި މީރާއިން ބުނީ އާރޯގެ މިނިވަން މުއައްސަސާތަކުގަ ތެރެއިން އިއްޔެ ލޭ ހަދިޔާކޮށްފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އިންފޮމޭޝަން ކޮމިޝަނަރސް އޮފީސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، އިލެކްޝަން ކޮމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެންޓި-ކޮރަޕްޝަން ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޕަބްލިކް ސަރވިސް މީޑިއާއެވެ.

ބައިނަލް އަގުވާމީ ތެލެސީމިއާ ދުވަހަކީ މިދިޔަ އަންގާރަދުވަހެވެ.

comment ކޮމެންޓް