ވިލާ ޕެޓްރޯލް ޝެޑް ސިނާއީ ސަރަހައްދަށް ބަދަލު ކުރަނީ

އިންޑަސްޓްރިއަލް ވިލެޖުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްޓީސީސީ

ވިލާ ގުރޫޕުން ހިންގަމުން އަންނަ ޕެޓްރޯލް ޝެޑް މިހާރު ހުރި ތަނުން މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ޝެޑް މިހާރު ހިންގަމުންދަނީ އަމީނީ މަގުގެ ހުޅަނގުފަރާތު ކޮޅުގައި ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައެވެ.

ވިލާ އިން މާލޭގައި ހިންގަމުން އަންނަ ހަމައެކަނި ޕެޓްރޯލް ޝެޑް ބަންދުކޮށް މިހާރު އަންނަނީ ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ ހަމަސް ކުރިން ސަރުކާރުގެ ބޭނުމަކަށް އެ ޝެޑް ހުންނަ ބިން ނެގުމަށް ސަރުކާރުން ވިލާއަށް އަންގާފައިވާއިރު އެނގިފައިވާ ގޮތުގައި ވިލާއަށް މިހާރު ވަނީ ސިނާއީ ސަރަހައްދުން އެކަމަށް ބޭނުންވާ ބިން ދޭން ނިންމާފައެވެ.

ވިލާ ޕެޓްރޯލް ޝެޑަކީ ސަރުކާރުގެ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް ފިޔަވާ މާލޭގައި ޕެޓްރޯލް ޝެޑް ހިންގާ ހަމަ އެކަނި ތަނެވެ. ވިލާގެ ޕެޓްރޯލް ޝެޑެއް މިހާރު ހުޅުމާލޭގައިވެސް ހުރެއެވެ.

comment ކޮމެންޓް