އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ފުރިހަމަ

އުރީދޫ މޯލްޑިވްސްގެ ޕޯސްޓްޕެއިޑް ޕެކޭޖުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އުރީދޫއިން މިއަހަރުގެ މާޗް މަހު ތައާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖުތައް އިތުރަށް ފުރިހަމަކޮށްފިއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑު ޕެކޭޖުތަކަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތަކީ ދެމެހެއްޓެނިވި އަދި ފުރިހަމަ ހިދުމަތަކަށް ހެދުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.

"އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް. މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެ ފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސް ކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައް،"

ދިޔާނާ ވިދާޅުވީ މި ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއްވެސް ލިބޭނެ ކަމަށެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، 1،499 އަދި 1،999 ޕެކޭޖުގެ އެލަވެންސްތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން 1،499 އިން 40 ޖީބީ އަދި 1،999 އިން 60 ޖީބީ ޑޭޓާ އެލަވެންސް ލިބޭނެއެވެ.

"އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ." ދިޔާނާ އަފީފް ވިދާޅުވިއެވެ.

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެގޮތުން ޕޯސްޕެއިޑް ކަސްޓަމަރުންނަށް ރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާރކްގައި ބޭނުންކުރުމަށް އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާ ލިބޭނެއެވެ.

އަދި އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންވާ ކަސްޓަމަރުންނަށް، އެންމެ ފަހުގެ ސްމާޓްފޯނުތައް ގަތުމަށް އިންސްޓޯލްމަންޓް އޮފާތަކެއް ވަނީީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ގަނެވޭނެ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ޚާއްޞަ، ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެތެރޭގައި:
ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފްކޮށްފައިވާ މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ މަސައްކަތްކުރަމުން.
ޕްރައިޔޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދާނެ.
ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތް
ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއް
އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފާތައް

ގުޅޭ ޓެގު
comment ކޮމެންޓް