ޗައިނާގެ ޑޮންފެންގް އިލެކްޓްރޯނިކް ކޯޕަރޭޝަން (ޑީއީސީ)އާ ހަވާލުކޮށްގެން އަޅާ އިންޖީނުގެއަކީ ސްޓެލްކޯއިން އަޅާ އެންމެ ބޮޑު އިންޖީނުގެއެވެ.

އެ އިންޖީނުގެއިން 50 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ. ސްޓެލްކޯއިން މާލޭގައި މިހާރު ހިންގާ އިންޖީނުގެއިން އުފައްދަނީ 75 މެގަވޮޓުގެ ކަރަންޓެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށް އަޅާ ހައި-ވޮލްޓޭޖް ކޭބަލެއް މެދުވެރިކޮށް، ދެ ރަށުގެ ކަރަންޓު ނިޒާމު އެއް ވިއުގައަކުން ގުޅާލައިގެންނެވެ. ހައި-ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރާނީ ޗައިނާގެ ޑީއީސީ ކުންފުނިންނެވެ.