ތިންވަނަ އެފްއެންޑްބީ ޝޯ ކާމިޔާބު ކަމާއެކު ނިންމާލައިފި

ތިން ވަނަ ފޫޑް އެންޑް ބެވަރޭޖް ޝޯވް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކާބޯތަކެތީގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒުން އިންތިޒާމުކޮށްގެން ބޭއްވި ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންޑްބީ ޝޯ)ގެ ތިންވަނަ ޝޯ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ރޯދަމަހާ ގުޅުވައިގެން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އާޓްގެލަރީގައި ކުރިއަށްގެންދިޔަ އެ ޝޯގައި 13 އެގްޒެބިޓަރުން ބައިވެރިވެ ވަނީ އައު އުފެއްދުންތަކާއި ޕްރޮމޯޝަންތައް ކުރިއަށްގެންގޮސްފައެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން "ސަން" އަށް ވިދާޅުވީ، މިފަހަރުގެ އެފްއެންޑްބީ ޝޯ އަކީ ކާމިޔާބު ޝޯއެއް ކަމަށެވެ. އަދި އެ ޝޯގައި ބައިވެރިވި އެގްޒެބިޓަރުންތިބީ ހިތްހަމަޖެހިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ޝޯގައި ބައިވެރިވި އެގްޒެބިޓަރެއް ބުނީ، އެ ޝޯގައި ބައިވެރިވެވުނީތީ ހިތް ހަމަޖެހޭ ކަމަށާއި ކަސްޓަމަރުންނާ ބައްދަލުކޮށް އުފެއްދުތަކުގެ މައުލޫމާތު ހިއްސާ ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވިޔަފާރިއަށް ހެޔޮ ކުރިއެރުމެއް އަންނާނެކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

މިއަހަރުގެ އެފްއެންޑްބީ ޝޯގެ ޕާޓްނަރުން

  • ބެވަރެޖް ޕާޓްނަރ: ކޮކާ ކޯލާ
  • ސައުންޑް އެންޑް ލައިޓްސް: ޔުނިކާ
  • ޑިޖިޓަލް ކޮމިއުނިކޭޝަންސް ޕާޓްނަރ: ދިރާގު
  • ޕަބްލިކޭޝަންސް ޕާޓްނަރ: ދަ އައިލެންޑް ޗީފް
  • ޕްރިންޓިންގް ޕާޓްނަރ: މޮނާކް
  • ސެޓަޕް ޕާޓްނަރ: އަސަރީ ސާވިސެސް
  • ސެކިއުރިޓީ ސާވިސެސް: އެސެޕް
  • ބްރޯޑްކާސްޓިންގް ޕާޓްނަރ: ރާއްޖެ ޓީވީ

އަދި އެފްއެންޑްބީ ޝޯގެ ޚަބަރުތަކާއި ރިޕޯޓްތައް އާންމުންނާ ހަމައަށް ގެނެސްދޭ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ސަން އޮންލައިނެވެ.

comment ކޮމެންޓް