ތ. އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަން ފުރަތަމަ މެޗު ވިލުފުއްޓަށް

އިއްޔެ ހަވީރު ކުޅުނު ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގެ ތެރެއިން ---

ތ. އަތޮޅު ކައުންސިލްގެ ފަރާތުން އެެ އަތޮޅު ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ ވޮލީމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ވިލުފުއްޓުން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ވާދަކުރީ ހިރިލަންދޫ އާއި ވިލުފުއްޓެވެ. އެ މެޗު ތިން ސެންޓު އެއް ސެޓުން ކާމިޔާބުކުރީ ވިލުފުއްޓެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމުގެ އަލީ ހުޒާމް (ހުޒާންޓޭ) އެވެ.

ހުޒާންޓޭ އަކީ ރާއްޖޭގެ ގައުމީ ވޮލީ ޓީމުގެ ވައިސް ކެޕްޓަނެވެ.

އިއްޔެއިން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތު ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. ފިރިހެން ޑިވިޝަންގައި ފަސް ޓީމާއި އަދި އަންހެން ޑިވިޝަންގެ ހަތަރު ޓީމު މުބާރާތުގައި ބައިވެރިވެފައިވެ އެވެ.

އިއްޔެ ހަވީރު ކުޅުނު ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގެ ތެރެއިން ---

ހުޒާންޓޭގެ އިތުރުން ވެސް އެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދެ އެވެ. އެގޮތުން ހަސަން ނިލާމްގެ އިތުރުން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލްލްކަރީމް (ލޯންގޭ) ވެސް ހިމެނެ އެވެ.

މީގެ އިތުރުން އަންހެން ޑިވިޝަންގައި ވެސް ގައުމީ ލެވެލްގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދެ އެވެ. އެގޮތުން އައިޝަތު މާޖިދާ، އާމިނަތު އަރީޝާގެ އިތުރުން މާޖިދާގެ ދައްތަ ފާތިމަތު މަޒިއްޔާ އަދި މަރިޔަމް އަޒީފާވެސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ބިދޭސީ ބައެެއް ކުޅުންތެރިން ވެސް ތ. އަތޮޅު ވޮލީ މުބާރާތުން މި އަހަރު ފެނިގެން ދެ އެވެ.

މުބާރާތުގެ މެޗުތައް މިއަދު ހެނދުނާއި ހަވީރު ވެސް ކުރިއަށްދާނެ އެވެ. ހެދުނު އޮތް އަންހެން ޑިވިޝަންގެ މެޗުގައި ވާދަކުރީ ހިރިލަންދޫ އަދި ވިލުފުއްޓެވެ. އަދި ހަވީރު އޮންނަ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ ބުރުނި އަދި މަޑިފުއްޓެވެ.

comment ކޮމެންޓް