މަރިޔަމް ސައީދު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރިޔަމް ސައީދު (މ) ގައި ---

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަދި ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މ. ބަގީޗާގޭ މަރިޔަމް ސައީދު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ސައީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އެކަމަނާ ދިރިއުޅުއްވަމުން ގެންދެވި ސްރީ ލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީނާއި އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމައަށް ލިބިވަޑައިގެންނެވި މަރިޔަމް ސައީދަކީ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް އެތައް ޅެމެއް ދޫކުރައްވައިފައިވާ ކުޅަދާނަ ޝާއިރެކެވެ.

އެގޮތުން، ދިވެހި ޅެންވެރިކަމުގެ ބަޗީގާގައި "ނިސްރީން" އަދި "ނީލް" ގެ ގޮތުގައި ފާހަގަކޮށްފައިވާ އެކަމަނާ އަސް ޅެންވެރިކަމުގެ ގޮތުން އާންމު ހިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު 1983 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

މަރިޔަމް ސައީދު ހެއްދެވި ޅެންތަކުގެ ތެރެއިން، އެެންމެ ހާއްސަ އެއް ޅެމަކީ "އަސްރުދިޔައީ ގެއްލިގެން" ނެވެ. އެ ޅެން، ލަވައެއްގެ ސިފައިގައި މިހާރު ގެނެސްފައިވަނީ ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުންނެވެ.

comment ކޮމެންޓް