މަރިޔަމް ސައީދު ވަކިވެވަޑައިގަތުމަކީ ދިވެހި ޅެންވެރިކަމަށް ލިބުނު ބޮޑު ފަޅުކަމެއް: ދިވެހިބަހުގެ އެކެޑަމީ

މަރިޔަމް ސައީދު --- ފޮޓޯ: ދިވެހި ޑައިޖެސްޓްސް

މަގުބޫލު ޅެންތަކެއް ހައްދަވައިފައިވާ ކުޅަދާނަ ޝާއިރު މ. ބަގީޗާގޭ މަރިޔަމް ސައީދު ދީދީ ވަކިވެވަޑައިގަތުމަކީ ދިވެހި ޅެންވެރިކަމަށް ލިބުނު ބޮޑ ފަޅުކަމެއް ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން މަރިޔަމް ސައީދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އެކަމަނާ ދިރިއުޅުއްވަމުން ގެންދެވި ސްރީ ލަންކާގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

ދިވެހި ޅެންވެރިކަމުގެ ބަޗީގާގައި "ނިސްރީން" އަދި "ނީލް" ގެ ގޮތުގައި ފާހަގަކޮށްފައިވާ މަރިޔަމް ސައީދު އަވަހާރަވުމާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނީ، އެކަމަނާ އަވަހާރަވީކަމުގެ ހިތާމަވެރި ހަބަރު ދިވެހިބަހުގެ އެކެޑަމީން އެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.

"މަރިޔަމް ސައީދުގެ ވަކިވެވަޑައިގަތުމަކީ ދިވެހި ޅޭންވެރިކަމަށް ލިބުނު ބޮޑުބޮޑު ފަޅުކަމެކެވެ. ދިވެހި އަދަބީ އުދަރެހަށް ވެރިވި ފުސްފުސް ބަނަކަމެކެވެ. ދިވެހި ޅޭންވެރީންނާއި ލިޔުންތެރީންނަށް ލިބުނު ފުންފުން ހިތާމައެކެވެ.،" ދިވެހިބަހުގެ އެކެޑެމީގެ ތައުޒިޔާ މެސެޖުގައި ބުނެފައިވެ އެވެ.

އެ މެސެޖުގައި މާތްﷲ މަރުހޫމާ މަރިޔަމް ސައީދުގެ ފުރާނަފުޅު މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށާއި އެކަމަނާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ދުއާ ކުރައްވައިފައިވެ އެވެ.

ރާއްޖޭގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި، އަދި ކުޅަދާނަ ޝާއިރު ހުސައިން ސަލާހުއްދީނާއި އަނބިކަނބަލުން މެދުގަނޑުވަރު ތުއްތު ގޮމައަށް ލިބިވަޑައިގެންނެވި މަރިޔަމް ސައީދު ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް އެތައް ޅެމެއް ދޫކުރެއްވިއިރު، އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ޅެމަކީ "އަސްރުދިޔައީ ގެއްލިގެން" ނެވެ.

comment ކޮމެންޓް