މަނިކް އާޓްސްގެ އިތުރު ލަވައެއް ނެރެނީ

"އެރޭ ކިޔާލަ ދީފާ"ގެ ޕޯސްޓަރު---

މަނިކް އާޓްސްއިން އިތުރު ތަފާތު ދިވެހި ވީޑިއޯ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ލަވަ އަކީ ނާޝިދު (ނަޑޭ)ގެ އަޑުން ކިޔާދީފައިވާ ހިތްގައިމު "އެ ރޭ ކިޔާލަދީފާ" އެވެ.

ލަވައިގެ ލިރިކްސް މުހައްމަދު ފަރުހާދު (ފަރޭ) ހަދާދީފައިވާއިރު އެ ލަވައިގެ މިއުޒިކް ހަދާފައިވަނީ އިންތިއެވެ.

ލަވަ ކިޔާފައިވާ ނަޑޭ އެ ލަވައިގެ މަންޒަރުތަކުން ވެސް ފެނިގެންދާނެއެވެ.

"އެރޭ ކިޔާލަ ދީފާ"ގެ މަންޒަރެެއް---

މަނިކް އާޓްސް އިން ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ލަވައިގެ ތަރިން ބުނީ ލަވައާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި މަނިކާއެކީ އަދި މުޅި ޓީމާ އެކީ މަސައްކަތްކޮށްލަން ފަސޭހަކަމަށެވެ.

"ލަވައިގައި ދައްކުވާދީފައިވާ އެކްޓިން އާ މެދު ވަރަށް ހިތްހަމަޖެހޭ،" ޓީމުގެ މެންބަރަކު ބުންޏެވެ.

މީގެ ކުރިން މަނިކް އާޓްސް އިން ވަނީ ތަފާތު އެތައް ލަވަތަކެއް ވުޖޫދަށް ނެރެފައެވެ. ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ މަނިކް އާޓްސްގެ މި ލަވައަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރި ލަވައެއް ކަމަށް މަނިކް އާޓްސް އިން ބުންޏެވެ.

ނަޑޭގެ އިތުރުން "އެރޭ ކިޔާލަ ދީފާ"އިން ފެނިގެންދާނީ ލަހޫ، އަންމަޑޭ އަދި ޑެލްޕީއެވެ.

comment ކޮމެންޓް