މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ކ. އަތޮޅު އޮޅުހަަލީގައި ތަރައްގީކުރަމުން އަންނަ ރިސޯޓެއްގެ މަސައްކަތެއް ކުރުމަށް މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:25 ހާއިރު ކަމަށެވެ. އަދި މިހާރު ކޯސްޓްގާޑުން އޭނާ ހޯދުމުގެ މަސައްކަތް ކުރަންމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބިދޭސީ މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަަމެއް އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ.

މޫދަށް އެރިއުޅުނު ބިދޭސީއަކު ގެއްލިގެން ހޯދާއިރު ހުޅުމާލޭ ފަތާ ޓްރެކްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ދިވެއްސަކު ވަނީ މިރޭ މަރުވެފައެވެ. އަދި ހުކުރު ދުވަހު މޫދަށް އެރި އުޅެނިކޮށް އައްޑޫ ސިޓީން ގެއްލުނު ދެ ކުޑަކުދިން ހޯދުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް