ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސްގެ ދަރުހެއް މާލެއާއި ހުޅުމާލެގައި ބާއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސް

މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސްގެ ދަރުހެއް މާލެއާއި ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ "ހުކުރު އުފާ" ޕްރޮގްރާމްގެ ދަށުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ މައިދާނުގައި ރޭގަނޑު 08:30 - 10 އަކަށް ޔޫސުފް އެސެޓެސް ތަގުރީރު ދެއްވާނެ ކަމަށެވެ.

މާލޭގެ ތަގުރީރަށް ފަހު އަންނަ ހޮނިހިރުދުވަހު ހުޅުމާލޭގައި ޔޫސުފް އެސެޓެސް ތަގުރީރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަން ސާވިސަސްގެ އެސިސްޓެންޓް ޑައިރެކްޓަރު އައިމަނަތު ޒައިނާ "ސަން" އަށް ވިދާޅުވީ، ޔޫސުފް އެސްޓެސް ތަގުރީރު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:30 -10 އަށް ހުޅުމާލެ ސެންޓްރަލްޕާކް ސަރަހައްދުގައި ކަމަށެވެ.

މިއީ ހުޅުމާލެގައި ކޮންމެ މަހަކު ކުރިއަށްގެންދާ "އެބްސޮލިއުޓް އެސެންޝިއަލް ސީރީސް"ގެ ދަށުން ކުރިއަށް ގެންދާ ދަރުސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ދަރުހެއް ކަމަށް ޒަައިނާ ވިދާޅުވިއެވެ.

ޔޫސުފް އެސްޓެސް ހުޅުމާލޭގައި ތަގުރީރުކުރައްވާނީ އިސްލާމް ދީނާ މެދު ކުރެވިފައިވާ ކުށް ހީ ތަކާ ބެހޭ ގޮތުން ކަމަށް ޒައިނާ ވިދާޅުވިއެވެ.

comment ކޮމެންޓް