އިންސްޓަގްރާމް ސްޓޯރީއަށް އަނެއްކާވެސް ބަދަލެއް

އެއް ފޮޓޯއަށް ވުރެ ގިނަ ފޮޓޯ އަދި އެއް ވީޑިއޯއަށް ވުރެ ގިނަ ވީޑިއޯ އެއް ފަހަރާ ލެވޭގޮތަށް އިންސްޓަގްރާމްގެ ސްޓޯރީއަށް ބަދަލު ގެނެސްފިއެވެ.

މި އަޕްޑޭޓާއެކު އެންޑްރޮއިޑް ބޭނުންކުރާ އިންސްޓަގްރާމް ޔޫޒަރުންނަށް އެއްފަހަރާ 10 ފޮޓޯ، ސްޓޯރީއަށް ލެވޭނެ އޮޕްޝަނެއް ލިބޭނެއެވެ.

އަދި ހުރިހާ ފޮޓޯއެއް އެފަހަރާ ލުމުން އިންނާނެ ގޮތް ޕްރިވިއު ކޮށްލެވޭނެ ކަމަށާއި މިގޮތަށް ފޮޓޯ ލާއިރުވެސް ސްޓިކާ، ޖިފް، ޓެކްސްޓް ލެވޭނެ ކަމަށް އަޕްޑޭޓާ ގުޅޭ ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން ފޮޓޯއެއް އިންސްޓަގްރާމު ކުރާއިރު އެ ފޮޓޯއެއް ނަގާފައިވާ ލޮކޭޝަން އޮޓޯ އިން ދެނެގަންނަ ފީޗާއެއްވެސް ވަނީ ހިމަނައިފައެވެ. މި އަޕްޑޭޓުވެސް އެންޑްރޮއިޑް ފޯނުތަކަށް މިހާރު ލިބޭނެއެވެ.

ކުރިއަށް އޮތްތަނުގައި މި ދެ އަޕްޑޭޓުވެސް އައިއޯއެސް ފޯނުތަކަށް ލިބޭނެއެވެ.

comment ކޮމެންޓް