ދެ ފަނޑިޔާރުންނާއި ރައީސް މައުމޫންގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ---

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރުފަހު 3:00 އަށް ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުން މިއަދު ހަވީރު 4:30 އަށް ފަސްކުރިއެވެ.

އެ މައްސަލައިގެ އަޑުއެހުމަށް ރައީސް މައުމޫން ހާޒިރުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްވިކަން އަންގާފައެވެ. ސަބަބެއް ނުބުނެއެވެ.

އެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ގާނޫނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް އެ ދެ ބޭފުޅުންނަށް ދެއްވާފައެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހުގައެވެ.

އަދުލުއިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ތިން ބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް