އެމްއޭސީއެލްގެ ފެރީ އަކާއި ކަންނެލި ދޯންޏެއް އެކްސިޑެންޓުވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

އެކްސިޑެންޓްވި އެމްއޭސީއެލްގެ ފެރީ --- ފޮޓޯ/ ޓްވިޓާ

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސްޓާފުން އުފުލާ ފެރީ އަކާއި ކަންނެލި ދޯންޏެއް ޖެހި އެކްސިޑެންޓް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ އެއާޕޯޓު މުވައްޒަފުން އުފުލާ ފެރީ އެކްސިޑެންޓު ވެފައިވާ ކަމަށާއި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ.

"މާ ބޮޑު އަނިޔާ އެއް ނުވާކަމަށް މައުލޫމާތު ލިބެނީ،" ހަސަން ވިދާޅުވިއެވެ.

އެކްސިޑެންޓް ހިނގީ މިރޭ 7:30 ހާއިރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެފަދަ ހާދިސާ އެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެއްވައިފައެވެ. އެ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 7:40 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެކްސިޑެންޓުގެ ތަފްސީލު އަދި ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް