ތިޔަ ލޯތްބާ ދުރަށް ޝްވެކް ސިނަމާއަށް

ތިޔަ ލޯތްބާދުރަށް ފިލްމުގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް

މި މަހު 21 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" މި ހަފްތާ ބަންދުގައި ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ލީޑު ރޯލުން ފެނިގެންދާނީ އަހްމަދު އަޒްމީލު (އަޒޭ) އަދި މަލީހާ ވަހީދު (މަލް) އެވެ.

މަލްގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ ވެސް ފިލްމުގައި ހަރަކާތްތެރިވާނެއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ފިލްމުގެ އެސިސްޓަންޓް ޑައިރެކްޓަރުގެ އިތުރުން ފިލްމުގެ ޓެކްނިކަލް މަސައްކަތް ކުރަނީ ވެސް އޭނާއެވެ.

އެ ފިލްމަކީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ތިޔަ ލޯތްބާ ދުރަށް ފިލްމުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ދެ ލަވަ ވެސް ހިމެނިގެންދާނެއެވެ.

comment ކޮމެންޓް