ފަރުކޮއި ޕްރޮގްރާމް: ހަތް ސްކޫލަކުން 1120 ދަރިވަރުންނަށް ފަރުތައް ދައްކާލައިފި

ޕަރޮކޮއި ޕްރޮގްރާމްގް ދަށުން މުހުއްޔިއްދީން ސްކޫލުގެ ދަރިވަރުން ފަރުތައް ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން--ފޮޓޯ: ޓުވިޓާ

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ފަރުކޮއި" ޕްރޮގްރާމްގެ ދަށުން ހަތް ސްކޫލަކުން 1120 ދަރިވަރުންނަށް ފަރުތައް ދައްކާލައިފި އެވެ.

ވިލިނގިލީ މުހްޔިއްދީން ސްކޫލުގެ އިތުރުން "ފަރުކޮއި" ޕްރޮގްރާމް ފުރިހަމަކޮށްފައި ވަނީ ރާއްޖެތެރޭގެ ހަ ސްކޫލަކުންނެވެ. އޭގެ ތެރޭގައި ށ. ނޫމަރާއި ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ދ. ރިނބިދޫ ސްކޫލު، ގއ. ކޮނޑޭ ސްކޫލުގެ އިތުރުން ގދ. ދެއްވަދޫ މަދަރަސަތުލް ސުލްތާން މުހައްމަދު ސްކޫލާއި އަދި ގދ. ރަތަފަންދޫ ސްކޫލު ހިމެނެ އެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން "ވޮއިސް ފޯ އޯޝަން" ސްކޫލަކަށް ވެވެނީ ދެ ކަމެއް ހާސިލްކޮށްގެންނެވެ. އެގޮތުން ފަރުތައް ދައްކާލުމުގެ އިތުރުން ސްކޫލުތަކުގައި "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފަރުތައް ދައްކާލުމުގެ ބައި އެންމެ ފުރަތަމަ ނިންމާލައިފައި ވަނީ މުހިއްޔުންދީން ސްކޫލުން ކަމަށެވެ. އެ ސްކޫލުން އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ވަނީ މިދިޔަ މަހު 12 ވަނަ ދުވަހު އެވެ.

ފަރުކޮއި ޕްރޮގްރާމް މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުން ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް