ގޭމް އޮފް ތްރޯންސް އަށް ހާއްސަ އެވޯޑެއް ދެނީ

ގޭމް އޮފް ތްރޯންސްގެ ޕޯސްޓަރެއް---

މަގްބޫލު ސީރީޒް ގޭމް އޮފް ތްރޯންސް އަށް އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

"ބިރިޓިޝް އެކެޑެމީ އޮފް ފިލްމް އެންޑް ޑެލެވިޜަން އާޓްސް (ބާފްޓާ)" އިން ދެމުން އަންނަ ބާފްޓާ ކްރާފްޓް ދެމުން އަންނަ އެ އެވޯޑް އެ ސީރީޒް އަށް ދިނުމަށް ނިންމާފައިވާ ކަމަށް މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

އެ އެވޯޑް އަކީ ފިލްމީ ދާއިރާ އަށް ކޮށްދެމުން އަންނަ ހިދުމަތުގެ އަގުވަޒަން ކުރުމަށެވެ. އަދި އެކަމަށް ހިތްވަރު ދިނުމަށެވެ.

ޕްރޮޑަކްޝަންގެ ހުރިހާ ދާއިރާއަކުން ކޮށްފައިވާ ފުރިހަމަ މަސައްކަތްތުގެ ސަބަބުން އެ ސީރީޒް އަށް އެވޯޑް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާފްޓާ ކްރާފްޓް ޓެލެވިޜަން އެވޯޑް ހަފްލާ އޮންނާނީ މި މަހު 22ގައި ލަންޑަނުގަ އެވެ.

ކާމިޔާބު ސީރީޒް ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަން ގެނެސްދިނުމުގެ މަސައްކަތް މިހާރު އެ ޓީމުން އަންނަނީ ކުރަމުންނެވެ.

މަސްދަރު: އިންޑިޕެންޑެންޓް

comment ކޮމެންޓް