ލ. ގަމުގައި މޫދަށް އެރި އުޅުނު ދުވަސްވީ މީހަކު މަރުވެއްޖެ

ލ.ގަން ----

ލ. ގަމުގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ލ. ގަމު ކައުންސިލުގެ ނާއިބު ރައީސް އަހުމަދު ޝާހީން "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި މަރުވީ އުމުރުން 74 އަަހަރުގެ އަހުމަދު ޒަކަރިއްޔާ ކަމަށެވެ.

"ފަތިސް ނަމާދު ކޮށްގެން، ރަށުގެ އަތިރި މައްޗަށް ކަރަވެލި މަސް ބާނަން އުޅެނިކޮށް ހުއްޓާ މަރުވެގެން ވެއްޓުނީ. ހަމަ ވެއްޓުނުތަނާ އޭނާއާއެކު އެތާ އުޅުނު މީހުން ގޮސް އޭނާ ނެގި" ޝާހީން ވިދާޅުވިއެވެ.

ލ. ގަމު ހޮސްޕިޓަލުގެ ޑިރެކްޓަރު އަބްދުލް ހަންނާނު ވިދާޅުވީ ޒަކަރައްިޔާ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާ ކަމަށެވެ.

ޒަކަރިއްޔާ މަރުވިއިރު ހަތަރު ކުދިން ދުނިޔޭގައި އެބަތިއްބެވެ.

comment ކޮމެންޓް