ހަތަރު މީހުންނާއެކު މުދާބަރުކޮށްގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

މުދާ ހިފައިގެން މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަރާފައި: ފައިލް ފޮޓޯ/ އެމްއެންޑީއެފް

މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "މަސް ނަނު" ނަމަކަށް ކިޔާ ދޯންޏެއް ކ. ޒިޔާރަތްފުށި ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، މާލެއިން ބ. އަތޮޅަށް ގިނަ އަދަދެއްގެ ހިލައާއި ހިލަވެލި އަދި ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ 95 ފޫޓުގެ އެ ދޯނި ޒިޔާރަތްފުށި އިރު ދެކުނު ފަރާތު ފަރަށް އެރީ ރޭ ފަތިހު 5:15 ހާއިރު ކަމަށެވެ.

އެ ދޯނި ފަރަށް އެރިއިރު އޭގައި ތިން ބިދޭސީންނާއި ދިވެއްސަކު ތިއްބެވެ.

ނަމަވެސް އެ ހާދިސާ އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކުރީ މިއަދު ހެނދުނު 11:01 ގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، ދޯނީގެ ވެރި ފަރާތުން ދޯނި ފުންކުރުމަށް އެހެން އުޅަނދެއްގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

comment ކޮމެންޓް