ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލަށް ހަމަލާ ދިން މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ސަން" އަށް ވިދާޅުވީ އެ މަައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެެވެ.
އެ މައްސަލާގައި ހައްޔަރު ކުރީ ފިރިހެނެކެވެ.
ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މޫސާ ރަޝީދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހު ހަވީރު ކަމަށާއި ހާދިސާ ހިނގުމާ އެކު އެ މައްސަލަަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެސިސްޓެންޓް ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އައި އިންޑިއާގެ އަންހެންބޭފުޅާ ވަނީ އޭޑީކޭއަށް ގޮސް ސީޓީ ސްކޭނެއް ހަދައިފަ އެވެ. އެ ހާދިސާގައި މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މީގެކުރިން ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ހިންގި ކުރީގެ ފަރީދިއްޔާ ސްކޫލު ހިންގުން ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރީ ލާލޭއަށް ސްކޫލު ހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އަލުން ބިޑަށް ހުޅުވާލައިގެންނެވެ.
ގޭޓްވޭގައި ޕްލޭ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެ އެވެ.