ހުޅުމާލޭގައިވެސް މޭރީބްރައުން ހުޅުވަނީ

މޭރީ ބްރައުންއަސް 37 އަހަރު ފުރުން ފާހަގަކުރުން -- ސަން ފޮޓޯ

މެލޭޝިއާގެ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓް، މޭރީބްރައުންގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވާ ގޮތަށް ނިންމައިފި އެވެ.

ހުޅުމާލޭގައި މޭރީބްރައުންގެ އައުޓްލެޓެއް ހުޅުވާނެކަން އިއުލާނުކުރީ މޭރީބްރައުންއަށް 37 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން މޭރީބްރައުންގެ އެފްއެންބީ އޮޕަރޭޝަންސްގެ ޗީފް އޮޕްރޭޓިން މެނޭޖަރު ޔުވޯން ސޯއެވެ.

ޔުވޯން ވިދާޅުވީ، ހުޅުމާލޭގައި މޭރީބްރައުންގެ އައުޓްލެޓް ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

މޭރީބްރައުންއަށް 37 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ފުރަތަމަ 100 ކަސްޓަމަރުންނަށް މާލޭގައި ހުންނަ މޭރީބްރައުންއިން ޚާއްސަ ހަދިޔާއެއް ވަނީ ދީފައެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުން 15 ގައުމެއްގައި މޭރީބްރައުންގެ 350 ރެސްޓޯރެންޓް ހިންގަމުން އާދެއެވެ.

ރާއްޖޭގައި މޭރީބްރައުން ހިންގަނީ ލިލީ އިންޓަނޭޝަނަލްއާ ގުޅިގެންނެވެ.

comment ކޮމެންޓް