"ބްލެކް ޕެންތާ" އަރައި، އެމެރިކާ ބޮކްްސް އޮފީހުގެ ހަތަރު ވަނަ އަށް ޓަައިޓޭނިކް "ފައްތާލައިފި"

ބްލެކް ޕެންތާގެ ޕޯސްޓަރެއް---

ޓައިޓޭނިކް ފަހަތަށް ޖައްސާލުމަށްފަހު ހޮލީވުޑް ބޮކްސް އޮފީހުގައި މިހާތަނަށް ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމަށް "ބްލެކް ޕެންތާ" ޖެހިލައިފިއެވެ.

ބްލެކް ޕެންތާ ސްކްރީނަށް އައިތާ ދެ މަސް ވެފައި ވާއިރު އަދިވެސް އެ ފިލްމަށް ލިބޭ ތަރުހީބަށް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ.

ޑިޒްނީއާއި މާވެލް ގުޅިގެން ސްކްރީނަށް ގެނައި ބްލެކް ޕެންތާއަށް މިހަފްތާގެ ހުކުރު ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ 659 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައި ވާއިރު، މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ "ސްޓާ ވޯސް: ދަ ފޯސް އަވޭކްންސް"އަށެވެ. އެ ފިލްމަށް ލިބިފައިވާ އާމްދަނީ 936 މިލިއަން ޑޮލަރަށް އަރައެވެ. ލިސްޓުގެ ދެވަނައިގައި އުޅެނީ އެވެޓާއެވެ. އެ ފިލްމުގެ އާމްދަނީއަކީ 760 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބްލެކް ޕެންތާއަށް ލިބުނު ޖުމްލަ އާމްދަނީ 1.29 ބިލިއަން ޑޮލަރަށް އަރާފައި ވާއިރު މިއީ ދުނިޔޭގައި އުފެއްދި އެންމެ ކާމިޔާބު ފިލްމުތަކުގެ 10 ވަނައިގައި މިހާރު އޮތް ފިލްމެވެ.

ބްލެކް ޕެންތާއިން ފެންނަނީ ބައްޕަ މަރުވުމުން، ޓީ-ޗައްލާ އޭނާގެ ގައުމު "ވަކަންޑާ"ގެ ވެރިކަމާ ހަވާލުވުމަށްފަހު ހިނގާ ކަންތައްތަކެވެ. ވަކަންޑާއަކީ އެފްރިކާ ބައްރުގައި އޮންނަ، ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަރައި ގޮސްފައިވާ "ޚިޔާލީ" ގައުމެކެވެ.

ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަޚުތާ ޓީ-ޗައްލާ ހަވާލުވުމާ އެކި، އެ ތަހުތު ފޭރިގަތުމަށް ޒަމާންވީ ދުޝްމަނަކު މަސައްކަތްކުރެއެވެ. އެއީ މަރުވެފައިވާ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ދުޝްމަނުންނާ ހަނގުރާމަކުރަން ޓީ-ޗައްލާ ބޭނުންކުރަނީ ބްލެކް ޕެންދާގެ ބާރެވެ.

މިއީ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެކެވެ. ގައުމީ، އާއިލީ އަދި އިޝްގީ ލޯތްބާއި، ދެކޮޅުވެރިކަމާއި ހަސަދައިގެ އަސަރުވެސް ފިލްމުގައި ހިމެނެއެވެ.

ބްލެކް ޕެންތާގެ ރޯލުން ފެންނަނީ ޗެޑްވިކް ބޯސްމޭންއެވެ. މީގެ އިތުރުން މައިކަލް ބީ ޖޯޑަން، ލުޕިޓާ ނުޔޯންގްއޯ، ޓިން ފްރީމެންގެ އަދި ޑެނިއެލް ކަލުއްޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

comment ކޮމެންޓް