"2.0"ގައި އައިޝްވާރިޔާ ވެސް ފެންނަނީ؟

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ބޮމްބޭ ޓޯކީޒް 2.0"ގައި ކުޅަދާނަ ބަތަލާ އައިޝްވާރިޔާ ރާނީ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަޖްނީކާންތު އަދި އަކްޝޭ ކުމާރު ލީޑު ރޯލުތަކުން އެ ފިލްމުން ފެނިގެން ދިޔަ ނަމަވެސް އައިޝްވާރިޔާ ފެންނާނީ ފިލްމުގެ ހާއްސަ ރޯލަކުން ކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލު ތިން ފަހަރަށް ވަނީ އެކި ފަހަރު މަތިން ގެނައްސަ އެވެ. މިހާތަނަށް އަދި ވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ރިލީޒްކުރާނީ އަންނަ އޯގަސްޓް މަހުގަ އެވެ.

ޝަންކަރް ޑައިރެކްޓު ކޮށްފައިވާ "2.0"ގައި އަކްޝޭ ފެނިގެންދާނީ "ވިލަން" އެއްގެ ރޯލުންނެވެ.

މައުލޫމާތު: ކެޗް ނިއުސް

comment ކޮމެންޓް