ހުޅުމާލޭގައި ހިންގާ ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލަށް ހަމަލާ ދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި. މަައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މޫސާ ރަޝީދު "ސަން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އިއްޔެ ހަވީރު ކަމަށާއި ހާދިސާ ހިނގުމާ އެކު އެ މައްސަލަަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެސިސްޓެންޓް ޕްރިންސިޕަލްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އައި އިންޑިއާގެ އަންހެންބޭފުޅާ ވަނީ އޭޑީކޭއަށް ގޮސް ސީޓީ ސްކޭނެއް ހަދައިފައެވެ. އެ ހާދިސާގައި މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މީގެކުރިން ލާލޭ އިންޓަނޭޝަނަލް ސްކޫލުގެ ނަމުގައި ހިންގި ކުރީގެ ފަރީދިއްޔާ ސްކޫލު ހިންގުން ކޮލިޓޭޓް އެޑިއުކޭޝަނާ ހަވާލުކުރީ ލާލޭއަށް ސްކޫލު ހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އަލުން ބިޑަށް ހުޅުވާލައިގެންނެވެ.
ގޭޓްވޭގައި ޕްލޭ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ.