ގްލޯނެޓް އެޑިއުކޭޝަން ފެއާ އާޓް ގެލަރީގައި ފަށައިފި

ގްލޯނެޓުން މިއަދު ފެށި އެޑިއުކޭޝަން ފެއާގެ ތެރެއިން--

މަތީ ތައުލީމުގެ ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު ދެ ފަހަރު ގްލޯނެޓް އެޑިއުކޭޝަންއިން ބާއްވަމުން އަންނަ ފެއާ މިއަދު ހަވިރު އާޓް ގެލަރީގައި ފަށައިފިއެވެ.

މިއަދު ހަވީރު އާޓް ގެލަރީގައި ފެށި ފެއާ ހުޅުއްވައިދެއްވީ ކުރީގެ ސަފީރު އިބްރާހިމް ޝަހީދު ޒަކީއެވެ.

ގްލޯނެޓުން މިހާތަނަށް ވަނީ ރާއްޖޭގައި 21 އެޑިއުކޭޝަން ފެއާއެއް ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މާލޭގެ އިތުރުން ރާއްޖެތެރޭގައި ވެސް ގްލޯނެޓުން ފެއާތައް ބާއްވާފައި ވެއެވެ.

ގްލޯނެޓުން މިއަދު ފެށި އެޑިއުކޭޝަން ފެއާގެ ތެރެއިން--

ގްލޯނެޓުން ބުނީ ބުދަ ދުވަހާ ހަމައަށް، ކޮންމެ ދުވަހަކު ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ފެއާ ކުރިއަށް ދާނެ ކަމަށެވެ.

އެ ފެއާގައި ރަޝިއާގެ ނިޒްނީ ނޮވްގޮރޯޑް ޔުނިވާސިޓީގެ އިތުރުން މެލޭޝިއާގެ ދިހަ ޔުނިވާސިޓީއާއި ކޮލެޖެއް ބައިވެރިވެއެވެ.

މެލޭޝިއާއިން ބައިވެރިވާ ތައުލީމީ އިންސްޓިޓިއުޓުތަކަކީީ:

  • އިންޓެނޭޝަނަލް މެޑިކަލް ޔުނިވާސިޓީ
  • އިންފްރާސްޓްރަކްޗާ ޔުނިވާސިޓީ މެލޭޝިއާ
  • އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލަޖީ އެންޑް އިނޮވޭޝަން
  • ޔޫސީއެސްއައި ޔުނިވާސިޓީ
  • ސަންވޭ ޔުނިވާސިޓީ
  • ޓޭލާސް ޔުނިވާސިޓީ
  • މޮނާޝް ޔުނިވާސިޓީ
  • ކޭޑީޔޫ ޔުނިވާސިޓީ
  • މާސާ ޔުނިވާސިޓީ
  • ޔުނިވާސިޓީ އޮފް ނޮޓިންގްހަމް މެލޭޝިއާ
  • ސަންވޭ ކޮލެޖު

ގްލޯނެޓުން މައުލޫމާތު ދޭ ގޮތުގައި، ފެއާގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ކުއްޖަކަށް އެކުއްޖަކު ބޭނުންވާ ޔުނިވާސިޓީއެއް ބަލައިލުމުގެ އިންތިޒާމާއި ތިން ދުވަހުގެ ހުރުމާއި އަދި ދެކޮޅު ޓިކެޓު ދިނުމަށް ހަމަޖެހިފައިވެއެވެ.

ފެއާއަށް ދާ އިރު ތައުލީމީ ސަނަދުތަކުގެ ކޮޕީ ގެނައުމަށް ގްލޯނެޓުން އިލްތިމާސްކުރެއެވެ. ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުން ދަރިވަރުންގެ ނަތީޖާތަކަށް ބަލައި، ކޯހުގެ ފީއިން ޑިސްކައުންޓް ލިބުމުގެ ފުރުސަތު އޮންނަ ކަމަށް ގްލޯނެޓުން ބުންޏެވެ.

comment ކޮމެންޓް