މާލޭގައި ގްލޯރިއާ ޖީންސް ކޮފީ މިރޭ ހުޅުވަނީ

ރަސްފަންނުގައި ތަރައްގީކޮށްފައިވާ ބީޗް ޕެވީލިއަން --- ފޮޓޯ: މިނިސްޓަރު މުއިއްޒު/ޓްވިޓާ

އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ހައުސް ޗެއިން "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓެއް މާލޭގައި މިރޭ ހުޅުވާނެއެވެ.

ގްލޯރިއާ ޖީންސް ކޮފީ ހުޅުވަނީ ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވިލިއަންގައެވެ. ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.

އެކުންފުނީގެ އޮޕަރޭޝަންސް އެންޑް މާކެޓިންގް ޑިރެކްޓަރު ސަނީހު އަންވަރު ވިދާޅުވީ މާލޭގައި ހުޅުވާ ގްލޯރިއާ ޖީންސްއިން، އޮސްޓްރޭލިއާއާ އެއް ކޮލިޓީއެއްގެ ކޮފީ ލިބޭނެ ކަމަށެވެ. އަދި މާލޭގައި ހަދާ ކޮފީއަކީ ސީދާ އޮސްޓްރޭލިއާއިން ރޯސްޓުކޮށްގެން ގެންނަ ކޮފީ ބީންސްއިން ހަދާ ކޮފީކަމަށް ވިދާޅުވިއެވެ.

"ގްލޯރިއާ ޖިންސް ކޮފީއަކީ އޮސްޓްރޭލިއާގެ ހައި ފުޑް ކޮލިޓީގެ ދަށުން ހަދާ ކޮންސިސްޓެންސީ ވަރަށް ހައި ކޮފީއެއް. އެ ކޮފީއަކީ ވަކި ޓައިމިންއަކަށް ވަކި ކޮލިޓީއަކަށް ހަދާ ވަރަށް ތަފާތު ރަހައެއް ހުންނަ ކޮފީއެއް،" ސަނީހް ވިދާޅުވިއެވެ.

މިރޭ ގްލޯރިއާ ޖިންސް ޕެވިލިއަންގައި ހުޅުވަން ނިންމާފައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި މަޝްހޫރު ފާސްޓްފުޑް ބްރޭންޑުތައް ރަސްފަންނު ޕެވިލިއަން އަށް ގެންނަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް