އެސްޓީއޯ މިނިވަންޗެމްޕިއަންޝިޕް ތ. އަތޮޅު ބުރުގެ ފުރަތަމަ މެޗު ކާމިޔާބުކޮށް، ތިމަރަފުށިން ފެށުން ރަނގަޅުކޮށްފިއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ތ. އަތޮޅުން ފަސް ޓީމު ބައިވެރިވެފައިވެއެވެ. އެއީ ތިމަރައްފުއްޓާއި ވަންދޫގެ އިތުރުން ވިލުފުށި، ބުރުނި އަދި މަޑިފުއްޓެވެ.
ތ. އަތޮޅު ބުރުގެ ކުޅުން މިއަދު ފަށައިފައިވާ އިރު، ވަންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ތިމަރަފުށިން ވަންދޫ ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ވަންދޫން ވަނީ ލީޑު ނަގައިފައެވެ. ވަންދުއަށް ލީޑު ނަގައިދިނީ އަހުމަދު ޝަބީނެވެ. އޭގެ 10 މިނެޓް ފަހުން އަމީން ޝާހުގެ ގޯލުން ތިމަރަފުށި ނަތީޖާ ހަމަހަމަކޮށް ދެވަނަ ހާފް ފެށިގެން މެޗުގެ 62 ވަނަ މިނެޓުގައި ތިމަރަފުށިން ލީޑު ނެގިއެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒަޔާން މުފާޒެވެ.
މެޗުގެ 85 ވަނަ މިނެޓުގައި އަހުމަދު ތޯހިރު ޖެހި ގޯލުން ތިމަރަފުށި ލީޑު ފުޅާކުރި އެވެ. މެޗުގައި ވަންދޫން ޖެހި ދެވަނަ ގޯލް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު ޝަރީންއެވެ.
މެޗުގެ ފަހު މިނެޓުގައި އަލީ ޖުމާން ޖެހި ގޯލާއެކު ތިމަރަފުށިން މެޗު ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ.
ތ. އަތޮޅު ބުރުގައި ދެން އޮންނަ މެޗުގައި ވާދަކުރާނީ ވިލުފުއްޓާއި މަޑިފުއްޓެވެ.