އަވޭ މެޗު ކާމިޔާބުކޮށް މާބައިދޫ ޗެމްޕިއަން ކަމާ ގާތަށް

މިއަދު މާބައިދުއާއި ކުނަހަންދޫ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ލ. އަތޮޅު ބުރުގެ ފުރަތަމަ ލެގުގައި ކުނަހަންދޫ ބަލިކޮށް މާބައިދޫން ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދުއާއި މާބައިދޫ އެކަންޏެވެ. އެހެން ކަމުން އެ އަތޮޅު ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އަދި އަވޭ އުސޫލުން ދެ މެޗެކެވެ.

މިއަދު ކުނަހަންދޫ ދަނޑުގައި ކުޅުނު މެޗު މާބައިދޫން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި މާބައިދޫން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ހަސަން ނަވާޒެވެ. ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާބައިދުއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ވަހީދެވެ.

ލ. އަތޮޅު ބުރުގެ ދެވަނަ ލެގު މާބައިދޫގައި އޮންނާނީ އޭޕްރީލް އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް