އަނދާފައިވަނީ 2005 ގެ ފްލެޓް ފޯމުތަކެއް: މުއިއްޒު

ވިލިމާލޭގައި ގުދަނެއްގައި ރޯވެ އެނދި އިރު އެތާ ހުރި ފޯމުތަކެއް ---

ވިލިމާލޭގަައި ހުރި ގުދަނެއްގައި ހުރި އަލިފާނުގެ ހާދިސާއެއްގައި އެނދީ 2005 ވަނަ އަހަރުގެ ފްލެޓަށް ކުރިމަތިލީ ކަމުގެ ފޯމުތަކެއް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގް މިނިސްޓްރީއަށް ފްލެޓަށް އެދި ކުރިމަތިލީ މީހުންގެ ފޯމުތައް އަންދާލައި ކަންކަން ފޮރުވަން އުޅޭ ކަމަށް ބުނެ ސަރުކާރަށް އަދި މިނިސްޓަރު މުއިއްޒަށް ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް ވަނީ އަމާޒުކޮށްފައެވެ.

އެކަމަށް ރައްދު ދެއްވައި ހައުސިންގް މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނދާފައި ވަނީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވަލޮޕްމެންޓުން ހިންގި ސްކީމްތަކެއްގެ ފޯމުތަކެއް ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކުރުމަަށް ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަދި މިސަރުކާރުން ހިންގި ހައުސިންގް މަޝްރޫއުތަކުގެ ހުރިހާ ފްލެޓު ފޯމެއް ވަނީ ރައްކާކޮށް، ޑިޖިޓަލައިޒްކޮށްފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ފްލެޓްތައް އޮޅުވާލައިގެން ޝަރުތު ހަމަނުވާ ބައެއް މީހުންނަށް ދިން ކަމަށް ބުނެ ވެސް ސޯޝަލް މީޑިއާގައި ދެއްކި ވާހަކައަށް މުއިއްޒު ވަނީ މީގެ ކުރިން ޖަވާބު ދެއްވާފައެވެ. ވިދާޅުވީ އާންމު ވެގެން އުޅެނީ ފްލެޓް ދޫކުރި އަސްލު ލިސްޓު ނޫން ކަމަށެވެ.

comment ކޮމެންޓް