އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އެމްވީ ޔަސަ އީގަލް--ފޮޓޯ/ އެމްއެންޑީއެފް

މާޝަލް އައިލެންޑްސްގެ "އެމްވީ ޔަސަ އީގަލް" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ބްރެޒިލް އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ އެ އާގު ބޯޓުގައި އޮތް ބަލި މީހާއަށް އެހީތެރިކަން ފޯރުކޮށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންއިންނެވެ.

ސިއްހީ އަވަސް ފަރުވާ ދިނުމަށް އެމީހާ ވަނީ އައްޑޫ ސިޓީ ހިތަދުއަށް ގެންގޮސްފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހާލުބޮޑުވި ބަލި މީހާއަކީ ތުރުކީ ރައްޔިތެކެވެ.

ސިފައިން ބުނީ "ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ 19:30 ހާއިރު"ކަމަށެވެ.

"ހާދިޘާގެ މައުލޫމާތު ލިބުނުއިރު ބޯޓު އޮތީ އައްޑޫ ސިޓީ ހިތަދޫގެ ދެކުނުން 12 ނޯޓިކަލް މޭލު ބޭރުގައި،" އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ސ. ހިތަދޫއަށް ގެންގޮސްފައި ވަނީ ރޭ 23:30 ހާއިރު އެވެ.

comment ކޮމެންޓް