ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓެއް އަޅަނީ

ހުޅުމާލެ ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ލޯކަލް މާރުކޭޓެއް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑިސީ)އިން އާންމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި މިތަން އިމާރާތްކުރަނީ ފެރީ ޓާމިނަލްގެ ދެކުނުންނެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިވަގުތަށް މުހިންމު ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީއިން ބުނެއެވެ. އެކުންފުނިން ބުނީ މި މާރުކޭޓުގައި ދިވެހި އުފެއްދުންތައް ވިއްކަން ސްޓޯލްތައް ހުންނާނެ ކަމަށާއި އޭގެ އިތުރުން ކައިބޮއި ހެދޭނެ ސްޓޯލުތަކެއްވެސް ހުންނާނެ ކަމަށެވެ.

މަހާއި ދިވެހި އުފެއްދުންތައް ވިއްކުމަށް 63 ސްޓޯލް އަދި ކެފޭ ސްޓައިލަށް ހިންގުމަށް އަށް ސްޓޯލް ގާއިމު ކުރާނެއެވެ.

އިމާރާތުގެ 50 ޕަސެންޓު ނިމިފައިވާއިރު ރޫފް ފެބްރިކޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ. އެތަން ހިޔާ ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ލަފާކޮށްފައި ވާއިރު، ފުޑްކޯޓުތަކުގެ މަަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ފެނާއި ކަރަންޓު ގުޅުމުގެ މަސައްކަތްތައް ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި އިމާރާތުގެ މަސައްކަތް ކުރަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއިންނެވެ.

comment ކޮމެންޓް