އިންސްޓަގްރާމް ފީޑަށް ބަދަލެއް

އިންސްޓަގްރާމް އެޕްލިކޭޝަން ----

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އެމީހުންގެ ފީޑް "ފްރެޝް"ކޮށް ނުފެނުމެވެ. ބައެއް ޕޯސްޓުތަކަކީ ހަފްތާ އަކަށްވުރެ ކުރިން އަޕްލޯޑުކޮށްފައި ހުރި ފޮޓޯތަކަށްވުމެވެ. ފޮލޯކުރާ މީހުން އެންމެ ފަހުން އަޕްލޯޑުކުރާ ފޮޓޯ ނުފެނުމުގެ ވާހަކައެވެ.

މިއީ އިންސްޓަގްރާމުން އެމީހުންގެ އަލްގޮރިދަމްއަށް ގެނައި ބަދަލަކާއެކު އައި އަޕްޑޭޓެކެވެ. އަޕްޑޭޓާ މެދު އޭރުވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ.

އެންމެ ފަހުން އެކަން އަޑުއަހައި ގަބޫލުކޮށް، އިންސްޓަގްރާމްއިން ވަނީ އަލްގޮރިދަމް ބަދަލުކޮށް އާ ޕޯސްޓުތައް ފީޑުން ފެންނާނެހެން ހަދާނެކަމަށް ބުނެފައެވެ. ނަމަވެސް އެ ބަދަލާއެކު ލިބޭނެ ހަމައެކަނި ހިތްހަމަޖެހުމަކީ ޔޫޒަރުންނަށް އާ ޕޯސްޓުތައް ބަލާލައި، ހޯމް ޕޭޖު ރިފްރެޝްކުރުމަށް ހާއްސަ އޮޕްޝަނެއް ލިބުމެވެ.

މިއާއެކު ޔޫޒަރުން އެންމެ ބޭނުންވާނެ ކަމަށް ލަފާކުރެވޭ އާ ޕޯސްޓުުތައް ހޯމް ޕޭޖުން ފެންނާނެއެވެ.

އަޕްލޯޑުކުރާ ތަރުތީބުން ފޮޓޯތައް ފެންނާނެގޮތަށް އިންސްޓަގްރާމުގެ އަލްގޮރިދަމް އެންމެ ކުރީގެ ގޮތަށް ބަދަލުކުރުމަކީ ނާދިރުކަމެއް ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް