ތިންވަނަ އެފްއެންޑްބީ ޝޯ މެއި މަހު ބާއްވަން ނިންމައިފި

18 މެއި 2017: އެފްއެންޑްބީ ޝޯ: އެފްއެންޑްބީ ޝޯގައި ރާއްޖޭގައި ފުޑް އެންޑް ބެވެރޭޖްގެ ވިޔަފާރިކުރާ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ފުޑް އެންޑް ބެވަރޭޖެސް ޝޯ (އެފްއެންބީ ޝޯ)ގެ ތިންވަނަ ޝޯ މެއި މަހު ބާއްވަން ނިންމައިފި އެވެ.

ހައިރައިޒުން ބުނީ އެފްއެންބީ ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ތިނެއް، ހަތަރެއް އަދި ފަސްވަނަ ދުވަހު އާޓްގެލަރީގައި ކަމަށެވެ.

ކާބޯތަކެތީގެ ބާވަތްތައް ޝޯކޭސް ކުރުމަށް ބާއްވާ އެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެފްއެންޑްބީގެ އުފެއްދުންތައް ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ހުޅުވާލައިފަވާ ކަމަށް ހައިރައިޒުން ބުންޏެވެ. އަދި މިހާރު ވެސް ރާއްޖޭގެ ގިނަ ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ ޝޯގައި މިދިޔަ އަހަރު 15 ކުންފުންޏެއް ވަނީ ބައިވެރިވެފަ އެވެ. އަދި އެ ޝޯ ކުރިއަށްގެންގޮސްފައި ވަނީ ތަފާތު އެކި ހަރަކާތްތަކާ އެކު ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އެކި އިނާމްތަށް ދީގެންނެވެ.

މި އަހަރުގެ އެ ޝޯ މިދިޔަ އަހަރަށް ވުރެ ފުރިހަމަ ވާނެ ކަމަށް ވެސް ހައިރައިޒުން ބުންޏެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރު ވެސް އެ ޝޯގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް