މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ހުޅުމާލޭގައި އެކްސިޑެންޓް ވެފައި --- ސަން ފޮޓޯ

މާލޭގައި މިއަދު މެންދުރުފަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު 15:24 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓްގައި ޒަޚަމްވެ ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނަކަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލަކާއި ވޭނެއް ޖެހިގެންނެވެ. އެކްސިޑެނޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން ވަދުފޮށި ކައިރިންނެވެ.

ފުލުހުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެކްސިޑެނޓްގައި އަނިޔާވި މީހާއަށް ބޮޑެތި ޒަޚަމް ތަކެއް ލިބިފައިވާ ކަަމަށާއި އެނާ ހޮސްޕިަޓަލަށް ގެންދިޔައިރު ހޭވެރިކަންވެސް ނެތް ކަމަށެވެ.

އެމީހާގެ ހާލުސިރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް