ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

ސްރީދޭވީ---

ބޮލީވުޑްގެ ލެޖެންޑަރީ ސްރީދޭވީ ކަޕޫރުގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑައިރެކްޓަރު ހެންސެލް މެހެތާ ބުނީ ސްރީދޭވީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ހަދަން ބޭނުންވާ ކަމަށާއި އަދި އެ ފިލްމު ހަދައި ބޮޑު ސްކްރީނަށް ވެސް ގެންނާނެ ކަމަށެވެ.

"އަހަރެން ދުވަހަކު ވެސް ސްރީދޭވީ އަކާ އެކީ މަސައްކަތެއް ނުކުރަން. އަހަރެން ހުރީ ސްރީދޭވީ ކައިރިއަށް ދާން ފިލްމެއްގެ ކަމަކު. ފިލްމުގެ ލީޑް ރޯލް ހުށައަޅަން ދާން. އެކަމަކު ދާން ހުއްޓާ އޭނާ މަރުވީ. މިކަން އަބަދު ވެސް އަހަރެން ރިގްރެޓް ކުރަން،" އޭނާ ބުންޏެވެ.

ހެންސެލް ބުނީ ފިލްމެއް ހަދަން ތައްޔާރު ކަމަށާއި މިހާރު ބޭނުން ވަނީ ސްރީދޭވީގެ ރޯލަށް ބަތަލާ އެއް ކަމަށެވެ.

"އަސްލު ބުނާ ނަމަ އެ ރޯލަށް ފިޓު ވަނީ ވިދްޔާ ބާލަން. ސްކްރިޕްޓްގެ މަސައްކަތަށް ފަހު އަހަރެން ދާނަން އޭނާ އަށް ފިލްމު ހުށައަޅަން،" އޭނާ ބުންޏެވެ.

މައުލޫމާތު: ގަލްފް ނިއުސް

comment ކޮމެންޓް