މުޒާހަރާގެ ތެރެއިން ރޭ ހައްޔަރު ކުރި 15 މީހުން ދޫކޮށްލައިފި

ރޭ މުޒާހަރާގެ ތެރެއިން ހައްޔރު ކުރި ބައެއް މީހުން-- ފޮޓޯ/ މީސް މީޑީއާ

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 15 މީހުންވެސް ދޫކޮށްލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެމީހުން ދޫކޮށްލާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ރޭގެ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާވެސް ވަނީ މިއަދު ދޫކޮށްލާފައެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގައި 139 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެެވެ. އޭގެތެރިން ގިނަ ބަޔަކު މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް