ގާނޫނީ ވަކީލު ނާޒިމް ދޫކޮށްލައިފި

ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު (ވ) -- ސަން ފައިލް ފޮޓޯ

ފުލުހުން ރޭ ހައްޔަރުކުރި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ދޫކޮށްލައިފިއެވެ.

ނާޒިމް ދޫކޮށްލީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

ރޭ ނާޒިމް ހައްޔަރުކުރީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވަނިކޮށެވެ.

ނާޒިމަކީ އިދިކޮޅު މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ އަދަދެއްގެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.

ނާޒިމްގެ އިތުރުން ރޭ މަޖީދީމަގު ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ތަނުގައި އަޅާފައިވާ ފްލެޓް ކުރިމަތިން ހައްޔަރުކުރި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވެސް ވަނީ މިއަދު ދޫކޮށްލާފައެވެ.

comment ކޮމެންޓް